ދީނީ އިލްމުވެރިޔާ އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާގެ އަނބިކަނބަލުން ސާމިޔާ ލަތީފް އަވަހާރަވެއްޖެ އެވެ.
އުމުރުން 73 އަހަރުގައި ސާމިޔާ އަވަހާރަވީ ރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ. ސާމިޔާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.
ސާމިޔާ އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަމަނާ އަވަހާރަވުމުގެ ހިތާމައިގައި އެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފަ އެވެ.
"މަރްޙޫމާ ސާމިޔާ ލަޠީފް މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި،" ރައީސް ލިޔުއްވާފައިވެ އެވެ.