Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ރައީސް މުއިއްޒު މިއަދު ފުވައްމުލަކަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުވައްމުލަކަށް ވަޑައިގަންނަވާނީ ހޫނު މަރުހަބާއެއް ކިޔަން ތައްޔާރުވެއްޖެ އެވެ.

ސަރުކާރުގެ އިސް ވަފުދަކާ އެކު އެ މަނިކުފާނު އެ ސިޓީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރެވެ. ރައީސްގެ މި ދަތުރުގައި ފުވައްމަލުކުގައި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިހާހުކޮށް ދެއްވައި، އާ މަޝްރޫތަކެއް އިއުލާން ވެސް ކުރައްވާނެ އެވެ.

ފުވައްމުލަކު ދަތުރަށް ފަހު މާދަމާ ރައީސް އައްޑު އަށް ވަޑައިގަންނަވާނެ އެވެ. އެގޮތުން އެ މަނިކުފާނު އައްޑޫގެ ހުރިހާ އަވަށަކަށް ވަޑައިގަންނަވާނެ އެވެ.

އައްޑޫން ވެސް ރައީސަށް ހޫނު މަރުހަބާއެއް ކިޔަން ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މެންބަރުން އަންނަނީ ގިނަ ތައްޔާރީތަކެއްވަމުންނެވެ.

ދެހާސް ތޭވީހުގައި ވެރިކަމަށް ވަށައިގަތުމަށް ފަހު އަތޮޅުތަކަށް ރައީސް ފެއްޓެވި ދަތުރުގެ ތެރެއިން މިހާރު ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައިފަ އެވެ. ރައީސްގެ މި ދަތުރުތަކުގެ ބޭނުމަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން ބައްދަލު ކުރައްވައި، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވުމެވެ.