ޓައިޓަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ސިލްސިލާކޮށް އައްޑޫގައި ބާއްވަމުން އަން "ސަދަން މޯލްޑިވްސް ބިޒްނެސް އެކްސްޕޯ" ގެ މި އަހަރުގެ އެޑިޝަން މި މަހު ބާއްވަން ނިންމައި ބައިވެރިވާން ހުޅުވާލައިފި އެވެ.
މި އެކްސްޕޯ ހިތަދޫގައި ބާއްވަން ނިންމާފައި ވަނީ މި މަހުގެ 27-30 އަށެވެ. އެހެންވެ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
"ސަދަން މޯލްޑިވްސް ބިޒްނެސް އެކްސްޕޯ" އަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ވިޔަފާރިތަކަށް ހުޅުވާލެވިފައި އޮތް ފުރުސަތެކެވެ. އެގޮތުން މީގައި ބައިވެރިވެގެން ވިޔަފާރި އެގްޒިބިޓްކޮށް، ނެޓްވޯކް ފުޅާކޮށް މާކެޓް ހޯދަން ކުރެވޭ މަސައްކަތްތަކަށް މިއީ ވަރަށް ފުރުސަތަކަށް ވާނެ ކަމަށް ޓައިޓަން މޯލްޑިވްސް އިން ބުނެ އެވެ.
މީގެ ކުރިން ވެސް ބޭއްވި "ސަދަން މޯލްޑިވްސް ބިޒްނެސް އެކްސްޕޯ" ގެ އެޑިޝަންތަކަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.
މިއީ މި އެކްސްޕޯ ބާއްވާ ތިން ވަނަ އަހަރެވެ. އެންމެ ފަހުން "ސަދަން މޯލްޑިވްސް ބިޒްނެސް އެކްސްޕޯ" ބޭއްވީ 2022 ގަ އެވެ.