Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އެންޓިގުއާ އެންޑް ބާބޫޑާގެ ސަފީރަކަށް ޝިރުޒިމަތު

އެންޓިގުއާ އެންޑް ބާބޫޑާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ބޭފުޅަކު އައްޔަނުކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި އެވެ.

އެ މަގާމަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މ. ޒީނާ، އައިޝަތު ޝިރުޒިމަތު ސަމީރުގެ ނަމެވެ.

އޭނަ މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގަ އެވެ.

ޝިރުޒިމު ވަނީ ކުރިން ބަންގްލަދޭޝް އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމާއި ފޮރިން މިނިސްޓްރީގެ އީސްޓް އެންޑް ސެންޓަރަލް އޭޝިއާ ޑިވިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގެ އިތުރުން މޯލްޑިވްސް އެމްބަސީ އިން ޖާމަނީގެ މިނިސްޓާ ކައުންސެލާގެ މަގާމު ވެސް ފުރުއްވައިފަ އެވެ.