މެކްސިކޯއާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލަން ޕެރޫ އިން ކަނޑާލައިފި އެވެ.
އެ ގައުމުގެ ސަރުކާރުން އެގޮތަށް ނިންމީ 2022 ގައި ބަޢާވާތަކުން ވެރިކަން ވައްޓާލަން އުޅުމުގެ ދައުވާ އުފުލާފައިވާ ކުރީގެ ބޮޑުވަޒީރު ބެސީ ޗަވޭޒަށް މެކްސިކޯ އިން ހިމާޔަތް ދިނުމާ ގުޅިގެންނެވެ.
މިކަމާ ގުޅޭ ގޮތުން ޕެރޫގެ ފޮރިން މިނިސްޓަރު ހޫގޯ ޑި ޒެލާ ވިދާޅުވީ ޕެރޫގައި ހުންނަ މެކްސިކޯގެ އެމްބަސީގައި ޗަވޭޒަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަކީ ވަރަށް ބޮޑު ހައިރާން ކަމެއް ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ މެކްސިކޯގެ އެ އަމަލާ މެދު އިންތިހާ އަށް ހިތާމަކުރާ ކަމަށާއި އެ ގައުމާ އެކު ޕެރޫ އިން ބާއްވަމުން އައި ސިޔާސީ ގުޅުން އިއްޔެ އިން ފެށިގެން ކަނޑާލަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މެކްސިކޯ އިން ދަނީ ތަކުރާރުކޮށް، ޕެރޫގެ ދާހިލީ ކަންކަމާ ބެހި ނުފޫޒު ފޯރުވަމުން ކަމަށާއި މިކަމުގައި އެ ގައުމުގައި އެހާރާއި މިހާރުގެ ވެރިންގެ ދައުރު ވެސް ބޮޑު ކަމަށެވެ.

ދެހާސް ބާވީހުގައި އޭރުގެ ރައީސް ޕެޑްރޯ ކަސްޓިއޯއާ ގުޅިވަޑައިގެން ގާނޫނު ހަދާ މަޖިސް އުވާލަން އުޅުއްވުމުގެ ތުހުމަތުގައި ޗަވޭޒް 2023 ގެ ޖޫންގައި ޖަލަށްލި އެވެ. އަދި ކަފާލާތުގެ ދަށުން އޭނަ ދޫކޮށްލީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.