ގެސްޓްހައުސް މެނޭޖްމެންޓް ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
އއ. އުކުޅަހުގައި ހިންގި ކޯސް 13 މީހަކު ފުރިހަމަކޮށްފައިވެ އެވެ.
ކޯހުގެ ނިމުން ފާހަގަ ކުރަން ބޭއްވިމިރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޖަވާޒެވެ.
ކޮމިޔުނިޓީ އަޕްސްކިލިން ޕްރޮގްރާމް (ސީޔޫޕީ) އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްގީކޮށް ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން އެމްއެންކިޔުއެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށް ދިނުމަށް މިނިސްޓްރީން ހިންގާ ހާއްސަ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މަގުސަދުގެ ތެރޭގައި ކޮންމެ ޒުވާނަކީ ވެސް ހުނަރުވެރި މަސައްކަތެއް ކުރަން ދަންނަ ޒުވާނަކަށް ހެދުމާއި ސްކޫލް މަރުހަލާ ނިންމާފަ ނުވަތަ ތަފާތު އެކި ސަބަބުތަކާއި ހުރެ ސްކޫލް މަރުހަލާ ނުނިންމާ ވަކިވެފައި ތިބި ޒުވާނުންނަށް ހާއްސަ ހުނަރެއް ދަސްކޮށް ދިނުން ހިިމެނެ އެވެ. އަދި މިއީ ޒުވާނުންނަށް ވަޒީފާ ހޯދުމަށް އިތުރު ދޮރެއް ހުޅުވައިދީ އަމިއްލަ މަސައްކަތެއް ފަށައިގަންނަން ބޭނުންވާ ޒުވާނުންނަށް އެކަން ކުރުމަށް މަގުފަހިކޮށް ދިނުމަށް ވެސް ހިންގާ ޕްރޮގްރާމެކެވެ.