Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ރިސޯޓަކުން ޑްރަގާ އެކު މީހަކު ހައްޔަރުކޮށްފި

ށ. އަތޮޅު ރިސޯޓެއްގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.

އާދީއްތަ ދުވަހު ފޯކައިދޫ ޕޮލިހާއި ފުލުހުންގެ ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ވ. ފެލިދޫ، ސްނޯލައިޓް، މުޙައްމަދު ނަލީޒު، 41، އެވެ.

ފުލުހުން ބުނީ އޭނަ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ. އަދި ނަޒީލް ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި ކަރުދާސްގަނޑެއް ފެނިފައިވާ ކަމަށް ބުންޏެވެ.

އޭނަގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ އިތު، މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.