އަންނަ އަހަރު ވެސް ރޯދަ ހަދިޔާ ދޭން ސަރުކާރުން ނިންމާފައިވާ އަތޮޅުތެރޭގެ ރަށްރަށުގެ ގޭބިސީތަކުގެ ދަފުތަރު އަދާހަމަކުރަން އަންގަން ފަށައިފި އެވެ.
އެގޮތުން ރައީސް ޑރ. މުހައްމަދު ކުރިއަށް އޮތް ރޯދަ މަހު ވެސް ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ދެއްވަން ހަމަޖެހިފައިވާތީ ލޯކަލް މިނިސްޓްރީގެ އެންގުމުގެ މަތިން އެކިއެކި ރަށްރަށުގެ ކައުންސިލްތަކުން މިހާރު ވެސް ވަނީ ގޭބިސީތަކުގެ ދަފުތަރު އަދާކުރަން އަންގައި އިއުލާންކޮށްފަ އެވެ.
އެގޮތުން ގޭބިސީއެއްކަމުގައި ބަލާނީ ވަކިން ކައްކައި ކައިބޮއި އަދި ދިރިއުޅޭ ދިވެހި ޢާއިލާތަކެވެއަ ަދި ކޮންމެ ގޯއްޗަކުން ވެސް މިކަމަށް ފުރަން ޖެހެނީ އެންމެ ފޯމެކެވެ. ފޯމަށް ބޭނުންވާ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނިީގޭގެ ވެރިފަރާތުގެ ނަމާއި އައިޑީ ކާޑް ނަންބަރާއި ގޭގެ ނަމާއި ގޭގެ ވެރިފަރާތުގެ ފޯނު ނަންބަރާއި ދިރިއުޅޭ ގޭބިސީގެ އަދަދާއި ގޭބިސީގެ މީޓަރު ނަންބަރާއި ގޭގެ ނަންބަރެވެ.
މި އަހަރާއި މިދިޔަ އަހަރު ވެސް ރައީސްގެ ފަރާތުން ރައްޔިތުންނަށް ރޯދަ ހަދިޔާ ދީފައިވެ އެވެ. އެގޮތުން މި އަހަރު ކޮންމެ ގެއަކަށް ތެޔޮ މަސްދަޅު ކޭހެއް ހަދިޔާ ކުރުމުގެ އިތުރުން ކަރަންޓް ބިލުން ޑިސްކައުންޓް ވެސް ދީފައިވެ އެވެ.
ކަލަންޑަރުގައިވާ އަންނަ އަހަރުގެ ރޯދަ މަސް ފެށޭނީ ފެބްރުއަރީ މަހުގެ 17 ގަ އެވެ.
ނަމަވެސް އަންނަ އަހަރުގެ ރޯދަ ހަދިޔާއާ ގުޅޭ އެއްވެސް ވާހަކައެއް ރައީސް އަދި ރަސްމީކޮށް ހިއްސާ ނުކުރައްވަ އެވެ.