ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކު ސިޓީއަށް ވަޑައިގެންފި އެވެ.
ފުވައްމުލަކަށް ރައީސް ވަޑައިގެންނެވުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގާއި ފުވައްމުލަކަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންނެވެ.
ރައީސް މުއިއްޒަށް މަރުހަބާ ދެންނެވުމަށް ފުވައްމުލަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެއާޕޯޓު ސަރަހައްދަށް ޖަމާވެފަ އެވެ.
މި ދަތުރުފުޅުގައި ފުވައްމުލަކު ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި ބައެއް މަޝްރޫއުތައް ފެށުމުގެ އިތުރުން ފުވައްމުލަކުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ފުވައްމުލަކަށް ވެސް ރައީސް މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއަށެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ރައީސް ކުރައްވާ ދަތުރުފުޅެކެވެ.