Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އޮކްޓޯބަރުގައި ވެސް ގިނައީ ވައްކަން: ޕޮލިސް

މިދިޔަ މަހު ވެސް ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅީ ވައްކަމުގެ މައްސަލަތައް ކަމަށް މިދިޔަ މަހުގެ ތަފާސްހިސާތަކުން ދައްކައިފި އެވެ.

އޮކްޓޯބަރު މަހުގެ ތެރޭގައ ފުލުހުންނަށް ޖުމްލަ 808 މައްސަލައެއް ރިޕޯޓްކޮށްފައިވާ އިރު، އޭގެ ތެރެއިން 274 މައްސަލަ އަކީ ވައްކަމުގެ މައްސަލަތެކެވެ. އޭގެ ކުރީ ދެ މަހު ވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ.

ނަމަވެސް ފާހަގަކޮށްލެވޭ މިދިޔަ މަހު ފުލުހުންނަށް ހުށަހެޅި ޖުމްލަ މައްސަލަތަކުގެ އަދަދު ސެޕްޓެމްބަރަށް ވަރަށް ވުރެ މަދުކަމެވެ. މިދިޔަ މަހު 808 މައްސަލައެއް ހުށަހެޅި އިރު، ސެޕްޓެންބަަރުގައި 1،096 މައްސަލަ ހުށަހެޅި އެވެ.

މިދިޔަ މަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް:

* ވައްކަމުގެ 274 މައްސަލަ
* އެކްސިޑެންޓްގެ 209 މައްސަލަ
* މަސްތުވާތަކެއްޗާ ގުޅޭ 123 މައްސަލަ
* އެއްޗެހި ގެއްލިގެން 72 މައްސަލަ
* މުދަލަށް ގެއްލުން ދިނުމުގެ 38 މައްސަލަ
* އަނިޔާގެ 33 މައްސަލަ
* ޖިންސީ ގޯނާ ކުރުމުގެ 20 މައްސަލަ
* ގެވެށިއަނިޔާގެ 15 މައްސަލަ
* ފޭރުމުގެ 10 މައްސަލަ
* ޚިޔާނާތުގެ 7 މައްސަލަ
* ފޯޖް ކުރުމުގެ 5 މައްސަލަ
* ޗެކް ބައުންސްވުމުގެ 2 މައްސަލަ

ކުށް މަދުކުރަން ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިހާރު އޮތީ ފުލުހުންގެ ހިދުމަތް ގާއިމުކޮށްފަ އެވެ.