Last Updated: June 8, 07:06
Monday, June 8, 2026
މުނިފޫހިފިލުވުން

'މަސްތީ 4' ގެ ޓްރެއިލާ ދައްކާލައިފި

މި މަހު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ ބޮލީވުޑްގެ އެޑަލްޓް ކޮމެޑީ ސީރީޒް "މަސްތީ" ގެ ހަތަރު ވަނަ ބައިގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

ކުރީގެ ތިން ފިލްމުގައި ވެސް މައިގަނޑު ބަތަލުންގެ ރޯލު ކުޅުނު ވިވެކް އޮބެރޯ އާއި އަފްތާބް ޝިވްދަސާނީގެ އިތުރުން ރިތޭޝް ދޭޝްމުކް ބަތަލުންގެ ރޯލު ކުޅުނު "މަސްތީ 4" ޑައިރެކްޓްކުރީ މިލަޕް މިލަޕް މިލަން ޒަވޭރީ އެވެ. އޭނަ އަކީ މިދިޔަ މަހު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އަސަރު ގަދަ ލޯބީގެ ފިލްމު "އޭކް ދީވާނޭ ކީ ދީވާނީޔަތު" ގެނެސްދިން ޑައިރެކްޓަރެވެ.

މި މަހުގެ 21 ގައި ސިނަމާތަކަށް ގެންނަ "މަސްތީ 4" ގެ ބަަތަލާއިންގެ ތެރޭގައި އެލްނާޒް ނޮރޫޒީ، ޝްރެޔާ ޝަރުމާ އަދި ރޫހީ ސިންގް ހިމެނެ އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި އަރުޝަދު ވަރްސީ، ނަރްގިސް ފަހްރީ، ތުޝާރް ކަޕޫރް އަދި ޝާދު ރާންދްވާ ވެސް ހިމެނެ އެވެ.

"މަސްތީ" ގެ ކުރީގެ ތިން ފިލްމު ޑައިރެކްޓްކުރީ އިންދަރު ކުމާރެވެ. އެއީ ތިން ފިލްމަކީ 2004 ގެ "މަސްތީ" އާއި 2013 ގެ "ގްރޭންޑް މަސްތީ" އަދި 2016 ގެ "ގްރޭޓް ގްރޭންޑް މަސްތީ" އެވެ.

އިންދަރަކީ "ދިލް" އާއި "ބޭޓާ" އާއި "ރާޖާ" އާއި "އިޝްގް" އަދި "މަން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.