Last Updated: June 12, 11:16
Friday, June 12, 2026
ކުޅިވަރު

"އަލިކެފޭ ސްޓްރީޓް ސޮކަ 2013" ގެ ޗެމްޕިއަނަކަށް ފްރެންޑްސް ކްލަބް

ފްރެންޑްސް ކުލްބްގެ ކުޅުންތެރިން މެޗަށް ފަހު ފޮޓޯއަކަށް އެތުރިގެން. ފޮޓޯ. ސްޓްރީޓް ސޮކާ

ގްލޯބަލް ލިންކްސް އިން ސްޕޮންސަކޮށްގެން ސ. ގަމުގައި ބޭއްވި "އަލިކެފޭ ސްޓްރީޓް ސޮކަ 2013" ގެ ޗެމްޕިއަންކަން ފޭދޫ ފްރެންޑްސް ކްލަބް ހޯދައިފި އެވެ.

މިރޭ މަރަދޫފޭދޫ އާ ދެކޮޅަށް ކުޅުނު ފައިނަލް މެޗް ފްރެންޑްސް ކާމިޔާބް ކުރީ 1-0 ލަނޑުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްރެންޑްސްގެ ޖޯޒީ ނަމްބަރު (10) އިބްރާހީމް މަހުދީ އެވެ. ޕްލެޔާ އޮފް ދަ ޓޯނަމަންޓަކަށް ހޮވުނީ ހޮވުނީ ފްރެންޑްސްގެ ޖޯޒީ ނަމްބަރު (7) އިބްރާހީމް މުހައްމަދުދީދި އެވެ.

ސޯޅަ ޓީމް ވާދަ ކުރި މުބާާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 30،000ރ. ގެ ފައިސާގެ އިނާމެެއް ދީފަ އެވެ. އަދ ރަނައަޕް ޓީމަށް ވަނީ 10،000ރ. ދީފަ އެވެ.

"އަލިކެފޭ ސްޓްރީޓް ސޮކަ 2013" ގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ފްރެންޑްސް ކުލަބްގެ ޖޯޒީ ނަމްބަރު (5) އަބްދުﷲ އިމްރާން އާއި މަރަދޫފޭދޫ ޓީމްގެ ޖޯޒީ ނަމްބަރު (8) ސާއިދު ނަސީރު އާއި ފޭދޫ އެފްއާރްޓީ ޓީމްގެ ޖޯޒީ ނަމްބަރު (7) އިބްރާހީމް އިިއްޒުއްދިހާރު އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާ އެވެ.

ފެއާ ޕްލޭ ޓީމަކަށް އެފްއާރްޓީ ހޮވުނު އިރު، ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމްގެ ޖޯޒީ ނަމްބަރު (5) އަހުމަދު ހާފިޒް އެވެ.

"އަލިކެފޭ ސްޓްރީޓް ސޮކަ 2013" ގެ ކޯ ސްޕޮންސަރުންނަކީ ޝަންގްރިއްލާ އާއި ޔަމަހާ އެވެ.