ގައުމި އެއާލައިން، މޯލްޑިވިއަނުން އޮސްޓްރޭލިއަށާއި ރަޝިއާ އަށް ވެސް ދަތުރުތައް ފަށަން ނިންމައިފި އެވެ،
މިކަމަށް ވަމުން އަންނަ ތައްޔާރީތަކުގެ ދަށުން އެ އެއާލައިން އޮޕަރޭޓް ކުރަމުން އަންނަ އައިލޭންޑް އޭވިއޭޝަން ސާވިސެސް އައިއޭއެސް) އިން ވަނީ ދެ ގައުމަށް ޖެނެރަލް ސޭލްސް އޭޖެންޓުން ހޯދަން ވެސް މިހާރު އިއުލާންކޮށްފަ އެވެ.
އެގޮތުން އޮސްޓްރޭލިއާގެ ވެރިރަށް މެލްބަންގަ އާއި ރަޝިއާގެ ވެރިރަށް މޮސްކޯގައި އޭޖެންޓުންގެ ގޮތުގައި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 10 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މޯލްޑިވިއަނުން މިދިޔަ ހަފުތާގައި ދެކުނު ކޮރެއާ އަށް ވެސް އޭޖެންޓަކުން ހޯދަން އިއުލާންކުރި އިރު، މީގެ ކުރިން ދެކުނު އެފްރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކަށް ވެސް އޭޖެންޓުން ހޯދަން އިއުލާންކުރި އެވެ.
ވައިޑް ބޮޑީ ބޯޓެއް ގެނެސްދިން މޯލްޑިވިއަނުން އަންނަނީ ދަތުރުތައް ފުޅާކުރަން މަސައްކަތް ކުރަމުންނެވެ. މިހާރު ވައިޑް ބޮޑީގެ އެއް ބޯޓް އޮތް ނަމަވެސް ވަރަށް އަވަހަށް އިތުރު ބޯޓެއް ވެސް ގެންނާނެ ކަމަށް ބުނެފައިވެ އެވެ.
ވައިޑް ބޮޑީ ބޯޓްގައި މޯލްޑިވިއަނުން އެންމެ ފުރަތަމަ ދަތުރުތައް ފެށި ގައުމަކީ ޗައިނާ އެވެ.