Last Updated: July 4, 21:01
Saturday, July 4, 2026
ޚަބަރު

ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އަޅަން ފަށައިފި

ފުވައްމުލަކު ސިޓީގައި 400 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފެށީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑްއާ އެވެ.

މި މަޝްރޫއުގައި ހިމެނޭ ކޮންމެ ފްލެޓެއްގައި 1000 އަކަފޫޓް ހުންނައިރު ފްލެޓެއްގައި ހިމެނޭނީ 3 ކޮޓަރި، 3 ފާޚާނަ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެކެވެ.

ހައުސިން ޔުނިޓްތައް އިމާރާތް ކުރާނީ 11 ބުރިޔަށެވެ. ގްރައުންޑް ފްލޯ ބޭނުންކުރާނީ ކޮމާޝަލް އަދި މެއިންޓަނަންސް އޮފީސް އަދި އެތަނުގައި ކޮންމެ އެޕާޓްމަންޓަކަށް ސައިކަލް ޕާކިން ޖާގައެއް ދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެ އެވެ.