މާލޭގެ ގެއެއްގެ ސިޑިގޮޅިން ވެއްޓި ބިދޭސީއަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މާފަންނު ގެއެއްގެ ހަވަނަ ފަންގިފިލާގެ ސިޑިގޮޅިން ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު އިރުއޮއްސި 6:30 ހާއިރު ލިބިފައިވާ ކަމަށެވެ.
އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މަރުވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 47 އަހަރުގެ ފިރިހެނެއް ކަމަށްވާ ރޮޓަންއެވެ.
ފުލުހުން އަންނަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.