Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ފުވައްމުލަކު ސްކޭޓް ޕާކް ހަދާނީ އެމްޓީސީސީން

ފުވައްމުލަކިގައި ސްކޭޓް ޕާކެއް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެ ކުންފުންޏާ އެ ޕްރޮޖެޓް ހަވާލުކުރީ ފރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ފުވައްމުލަކަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަވުމުގެ ތެރޭގަ އެވެ.

ފުވައްމުލަކުގެ ސްކޭޓް ޕާކް ހެދުމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޢަބްދުﷲ ރާފިޢު އެވެ. އަދި އެމްޓިސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އަޙުމަދު ސަޢުދީ އެވެ.

ސްކޭޓް ޕާކް ހަދަން ނިންމާފައި ވަނީ 8،000 އަކަފޫޓުގެ ސަރަހައްދެއްގަ އެވެ. މި މަޝްރޫއު ހަވާލުރީ 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 1.39 މިލިއަން ރުފިޔާއަށެވެ.

ސްކޭޓް ޕާކް ހެދުމުގެ އިތުރަށް ފުވައްމުލަކުގައި އޮފީސް ކޮމްޕްލެކްސް އާއި އެ ސިޓީގެ މަގުތައް ހެދުމުގެ ފޭސް ތިނެއްގެ މަސައްކަތާއި ޏ. އަތޮޅު ތައުލީމީ މަރުކަޒަށް 16 ކްލާސްރޫމްގެ ހަތަރު ބުރީގެ އިމާރާތެއް ހަދަން ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވެ އެވެ.