Last Updated: June 8, 07:06
Monday, June 8, 2026
މުނިފޫހިފިލުވުން

ހުޝީއާ އެކު 'މޮމް 2' ގެ ޝޫޓިން ފަށައިފި

އިންޑިއާގެ ކުރީގެ ބަތަލާ ސްރީދޭވީގެ އެންމެ ފަހު ފިލްމު ކަމަށްވާ "މޮމް" ގެ ދެވަނަ ބައި، އޭނަގެ ހަގު ދަރިފުޅޫ ހުޝީ ކަޕޫރާ އެކު ފަށާފައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހުޝީއާ އެކު "މޮމް" ގެ ސީކްއެލްއެއް ހަދަން އުޅޭ ވާހަކަ ދާދި ފަހުން ބައެެއް މީޑިއާތަކުން ވެސް ރިޕޯޓްކޮށްފައިވެ އެވެ. އޭރު މީޑިއާތަކުން ބުނީ މި ފިލްމުގެ ޕްރޮޑިއުސް ކުރަނީ ހުޝީގެ ބައްޕަ ބޯނީ ކަޕޫރް ކަމަށެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ "މޮމް 2" ގެ ޝޫޓިން މިދިޔަ މަހުގެ 26 އިން ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި މި މަހުގެ 11 ގައި ބޯނީގެ 72 ވަނަ އުފަން ދުވަސް ފާހަގަކުރާ އިރު، އެ ދުވަހު ފިލްމު ރަސްމީކޮށް އިއުލާން ކުރަން ހާއްސަ ހަފުލާއެއް ވެސް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

ހަންގާމާ އިން ބުނި ގޮތުގައި "މޮމް 2" ގެ ޑައިރެކްޓަރަކީ 2017 ގައި ރިލީޒްކުރި "މޮމް" ގެ ސްކްރީންޕްލޭ ލިޔުނު ގިރިޝް ކޯލީ ކަމަށެވެ. އޭނަ އަކީ މި އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި އެކްޓަރު ސޯހަމް ޝްހްހެ ތުރިލާ "ކްރޭޒީ" ގެ ޑައިރެކްޓަރެވެ.

ރިޕޯޓްތައް ބުނާ ގޮތުން "މޮމް 2" ގެ ކާސްޓްގައި ބޮލީވުޑްގެ ފިލްމަތަކުން މަދުމަދުން ފެންނަ ޓީވީ ބަތަލާ ކަރިޝްމާ ތަންނާ ވެސް ހިމެނެ އެވެ.

ކްރައިމް ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "މޮމް" އަކީ ރަވީ އުދިއަވަރް ޑައިރެކްޓްކުރި ވަރަށް ކާމިޔާބު ފިލްމެކެވެ. އޭގައި ސްރީދޭވީގެ ދޮންދަރިއެެއްގެ ރޯލު ޕާކިސްތާންގެ ބަތަލާ ސަޖަލް އަކީ ކުޅެފައިވާ އިރު، އެ ގައުމުގެ ތަޖުރިބާކާރު އެކްޓަރު އަދުނާން ސިއްދީގައި ވެސް ފިލްމުގެ މުހިއްމު ރޯލެއް ކުޅުނެވެ.

ހުޝީގެ ތިން ފިލްމެއް މިހާތަނަށް ރިލީޒްވެފައިވެ އެވެ. މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި "ލަވްޔާޕާ" އާއި "ނާދާނިޔާ" ގެ އިތުރުން 2023 ގެ "ދި އާޗީސް" އެވެ.