ހުޅުމާލެ ޕޮލިހުގެ އެންމެ އިސްވެރިޔާ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ދާއޫދު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި އެވެ.
އޭނަ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުުރީ ދާއޫދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް މައްސަލަތަކެއް މިދިޔަ މަހުގެ ތެރޭގައި ކުރެވުމާ ގުޅިގެންނެވެ.
އެ މައްސަލަ ފެންމަތިވި ފަހުން ދާއޫދު 14 ދުވަހުގެ ޗުއްޓީއެއް ނެންގެވުމުން ހުޅުމާލެ ޕޮލިސް ހިންގުން އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އާ ވަގުތީ ގޮތުން އޮތީ ހަވާލުކޮށްފަ އެވެ.
ދާއޫދުގެ ޗުއްޓީ ހަމަވެފައިވާ އިރު ފުލުހުން ބުނީ އޭނާ މިހާރު ހުޅުމާލެ ޕޮލިސްގެ ވެރިޔާގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަމަށެވެ. އަދި އެ މަގާމަށް ޓޫފޯ އަނެއްކާ ވެސް ހަމަޖައްސާފައިވާ ކަމަށްބުންޏެވެ.
ކުރިން ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގައި ހުންނެވި ދާއޫދު އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް ޕްރޮމޯޓްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ.
ދާއޫދަކީ 2021 ގައި ޕޮލިސް ބޯޑުގެ ލަފާގެ މަތިން ވަކިކުރަން ނިންމި އޮފިސަރުންގެ ތެރޭގައި ވެސް ހިނެނުނު ބޭފުޅެކެވެ.