Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ބީއެމްއެލްގެ ހުޅުދޫ ބްރާންޗްގެ ބިންގާ އަޅައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އައްޑޫ ހުޅުދޫ ބްރާންޗްގެ ބިންގާ އަޅައިފި އެވެ.

އެތަނުގެ ބިންގާ އެޅީ ރައީސް މިހާރު ހުޅުދު އާއި މީދު އަށް ކުރައްވާ ދަތުރުގެ ތެރެއިންނެނެވެ. ހުޅުދޫ ބްރާންޗްގެ ބިންގާ އަޅުއްވައި ދެއްވީ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ލޯކަލް މިނިސްޓަރު އާދަމް ޝަރީފެވެ. އެ ރަސްމިއްޔާތުގައި ހުޅުދޫ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ބީއެމްއެލުން ހުޅުދޫގައި ހަދާނީ އިސްލާމިކް ބްރާންޗެކެވެ.

އެ ރަށުގައި ބީއެލްއެމްގެ ބްރާންޗެއްގެ ބިންގާ އެޅި އިރު، މިހާތަނަށް ގައުމީ ބޭންކްގެ ހިދުމަތް ހުޅުދު އާއި މީދޫގައި ދެމުން އައީ މީދޫގައި އިމާރާތްކޮށްގައި ހުރި ހުޅުމީދޫ ބްރާންޗުންނެވެ.

އައްޑޫގައި މިހާރު ބީއެމްއެލްގެ ބްރާންޗްތައް ހުންނަނީ ހުޅުމީދޫގެ އިތުރުން ހިތަދު އާއި މަރަދޫފޭދޫގަ އެވެ.

ހުޅުދޫގައި މިއަދު ވަނީ ބީއެމްއެލްގެ އޭޓީއެމެއް ވެސް ހުޅުވައިފަ އެވެ.