Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ހިތަދޫ ފްލެޓަކުން ވެއްޓުނު ކުއްޖަކަށް ފަރުވާ ދެނީ

އައްޑޫ ހިތަދޫގެ ފްލެޓަކުން ވެއްޓުނު ކުއްޖަލަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ހިތަދޫގެ 14 ނަމްބަރު ފްލެޓުން ރޭގެ ވަގުތެއްގައި ވެއްޓުނު 15 އަހަރުގެ އަންހެން ކުއްޖާ އަށް ފަރުބާ ދެމުން އަންނަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ އައިސީޔޫގައި ކަމަށެވެ. ނަމަވެސް ކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ކުއްޖާ ވެއްޓުނު މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރޭ ދެންވަރު 12:00 ގަ އެވެ

މިއީ ހިތަދޫގެ ފްލެޓަކުން ކުއްޖަކު ވެއްޓުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ. އަދި މިކަން ހިނގައި ދިޔަ ގޮތް ފުލުހުން އަަންނަނީ ބަލަމުންނެވެ.

ހިތަދޫގައި އައްޑޫ ސިޓީ ކައުންސިލް އިދާރާ ހުންނަ މަގުގެ އުތުރުކޮޅުގައި ހަދާފައިވާ ފްލެޓްތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ފްލެޓްތަކެވެ. އެގޮތުން ގިނަ އަދަދެއްގެ އާއިލާތަކެއް އެ ފްލެޓްތަކުގައި ދިރިއުޅެމުން ދެ އެވެ.