އައްޑޫ ހުޅުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި އެވެ.
އެތަނުގެ ބިިންގާ އެޅީ މިއަދު ހެނދުނު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުދު އާއި މީދު އަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ލޯކަލް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމާއި ހުޅުދޫގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ.
ސްޕޯޓްސް މިނިސްޓްރީން ހުޅުދޫގެ ފިޓްނެސް ސެންޓަރާ އެކު އެ ރަށުގެ ރައްޔިތުން ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށް ދޭން ބާރަކަށް ވާނެ ކަމަށެވެ.