ހޮންޑާ ބްރޭންޑްގެ ސައިކަލުތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ ޝީޝާ އިން ވިނާ ސީރީޒްގެ ސައިކަލުތަކުގެ އެންމެ ފަހުގެ މޮޑެލް ކަމަށްވާ "ވިނާ އާރް" ރާއްޖެއަށް ލޯންޗްކޮށްފި އެެވެ.
މިކަމަށްޓަކައި ބޭއްވި ހާއްސަ އިވެންޓް އޮތީ މިދިޔަ ހުކުރު ދުވަހު ހަވީރު ހުޅުމާލެ ރުއްގަނޑު ސަރަހައްދުގަ އެވެ.
ޝީޝާ އިން ބުނީ "ވިނާ އާރް" ބްރޭންޑް ގެ ސައިކަލް މިހާރު ވިއްކަން ފަށާފައިވާ ކަމަށެވެ.
އިވެންޓްގައި ޝީޝާ އިން ވަނީ "ވިނާ އާރް" ގެ ސްޕެޝަލް އެޑިޝަން އަދި ސްޕޯޓްސް އެޑިޝަން ޝީޝާ އިން ލިބޭނެކަން ވެސް އިއުލާންކޮށްފައިވެ އެެވެ.
ޝީޝާ އިން ވަނީ ކުރިއަށް އޮތް ތަނުގައި ހޮންޑާގެ އެހެން މޮޑެލްތަކުގެ ސައިކަލުތަކަށް ހާއްސަކޮށް އިތުރު ޝޯޑައުން ބާއްވާނެކަންވެސް އިއުލާންކޮށްފައިވެ އެވެ.
ޝީޝާގެ އައުލެޓްތައް މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ބޮޑެތި ހުރިހާ އަތޮޅެއްގައި ހިންގަމުން ދެ އެވެ. އޭގެ ތެރޭގައި ކުޅުދުއްފުށި، އައްޑޫ ހިތަދޫ، ފުވައްމުލައް، ލ. ގަން. ގއ. ވިލިނގިލި ހިމެނެ އެވެ.