Last Updated: July 23, 14:58
Thursday, July 23, 2026
ޚަބަރު

މީދޫ ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފި

އައްޑޫ މީދޫ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުުގެ ބިންގާ އަޅައިފި އެވެ.

އެތަނުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުދު އާއި މީދު އަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ.

މީދޫ ފިޓްނެސް ސެންޓަރުގެ ކޮންޓްރެކްޓަރަކީ އާރްޑީސީ އެވެ. އެތަނުގެ ބިންގާ އަޅުއްވައި ދެއްވީ ލޯކަލް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި އާރްޑީސީގެ އެމްޑީ އިބްރާހީމް ނަޒީމާއި މީދޫ ކައުންސިލަރު އައިމިނަތު ސާލިހާ އެވެ.

މިއަދު ވަނީ މީދުއާ އެއްފަސްކޮށް އޮންނަ ހުޅުދޫ ފިޓްނެސް ސެންޓަރުގެ ބިންގާ ވެސް އަޅައިފަ އެވެ.