ތިނަދޫ ސިޓީގެ މޭޔަރުގެ މަގާމަށް އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ވާދަކުރައްވާނެ ކަމަށް އެ ސިޓީގެ މިހާރުގެ މޭޔަރު ސައުދު އަލި ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އަސް ނިސްބަތްވާ ސައުދު މިއަދު ސޯޝަލް މީޑިއާގައި އަންނަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ފަރާތުން ބާއްވާ ކައުންސިލް ޕްރައިމަރީގައި ތިނަދޓީ މޭޔަރު ކަމަށް ވާދަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
"ވީމާ އަޅުގަނޑު އިޚްލާސްތެރިކަމާއެކު ތިނަދޫ ސިޓީގެ އެމްޑީޕީގެ ލޮބުވެތި އެންމެހާ މެންބަރުންގެ އަރިހުން އަޅުގަނޑަށް ތާއީދުކޮށްދެއްވުން އެދެން." ސައުދު ވިދާޅުވި އެވެ.
ސައުދަކީ ތިނަދޫ ސިޓީގެ ފުރަތަމަ މޭޔަރެވެ.
ގދ. އަތޮޅުގެ އެންމެ މަޝްހޫރު ރަށުގެ ގޮތުގައި ފާހަގަކޮށްލެވޭ ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ސަރުކާރުން ދިނީ ތިނަދު މިދިޔަ ސަރުކާރުގައި އޮގަސްޓް 30، 2023 ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކުންނެވެ.