Last Updated: June 8, 07:06
Monday, June 8, 2026
މުނިފޫހިފިލުވުން

'ކޮސް ގިނަ މިސްޓޭކް' މިރޭ އޮލިމްޕަހަށް

އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ފިލްމު "ކޮސް ގިނަ މިސްޓޭކް" މިރޭ އޮލިމްޕަހުގައި ޕްރީމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.

މި ފިލްމަކީ މި އަހަރު އެ ސިނަމާގައި އަޅުވާ 7 ވަނަ ފިލްމެވެ.

އެންމެ ފަހުން އޮލިމްްޕަހުގައު ދެއްކީ ރޭ ޝޯތައް ނިންމައި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ "އިލްޒާމް" އެވެ.

"ކޮސް ގިނަ މިސްޓޭކް" އަކީ ޔޫއްޕެގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ. މީގެ ކާސްޓްގައި އޭނަ އާއި ސީޒަންއާ އެކު ގިނަ ތަރިންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި މަރިޔަމް އައްޒަ އާއި ޖުމައްޔިލް ނިމާލާއި އޭނަގެ ބައްޕަ އަހުމަދު ނިމާލާއި މަރިޔަމް ޝިފާ އާއި ހާމިދު އަލީ އާއި އައިމިތު ރިޝްފާ އާއި ޢަލީ ޢާޒިމް (ދޮން އައްޔަ) އާއި އަބްދުﷲ ޝާފިއު (ފުބޫ) އަދި އަހުމަދު ޝާކިރު ޝާއްކޮ (އަންމަޑޭ) ހިމެނެ އެވެ.

މ. މުލަކުގައި ޝޫޓްކޮށްފައިވާ "ކޮސް ގިނަ މިސްޓޭކް" އަކީ އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ ޝައި ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ސެޓާން އަކީ މި އަހަރު އެޅުވި "ކަނބުލޮ" ވެސް އުފެއްދި ސްޓޫޑިއޯ އެވެ.