Last Updated: July 5, 00:13
Saturday, July 4, 2026
ޚަބަރު

ހުޅުދޫ-މީދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަނީ

އައްޑޫ ހުޅުދޫ އާއި މީދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅުދޫ-މީދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައިވާ ގްލެޓް އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝިޔާމެވެ.

ހުޅުދޫ-މީދޫ ސިއްހީ މަރުކަޒު ބަދަލުކުރުމަށް ހަަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލަކަށެވެ.

މިއަދުގެ ބައްދަލުވުމުގައި ހުޅުދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އަދި މީދޫގައި އައިޑީ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ވެސް ވަނީ ފަށައިފަ އެވެ. އަދި ސ. އަތޮޅު މަދަރުސާގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ.