Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ހުޅުމީދޫގައި ޕާސްޕޯޓާއި އައިޑީ ކާޑުގެ ހިދުމަތް

އައްޑޫ ހުޅުދު އާއި މީދޫގައި ޕާސްޕޯޓް ދޫކުރުމާއި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި އެވެ.

އެ ދެ ހިދުމަތް އެ ދެ ރަށުން ދިނުން އިފުތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު މެންދުރު ފަހު މީދު އާއި ހުޅުދޫ ރައްޔިޔުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރޭގަ އެވެ.

އެގޮތުން ޕާސްޕޯޓްގެ ހިދުމަތް ފައްޓަވައ ދެއްވީ ލޯކަލް މިނިސްޓަރު އާދަމް ޝަރީފް ޢުމަރާއި އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހެވެ.

ހުޅުދު އާއި މީދޫން ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފެށި އިރު، އައްޑު އަކީ އިމިގްރޭޝަންގެ ރީޖަނަލް އޮފީހެއް ވެސް ހުންނަ ތަނެކެވެ. އެ އޮފީސް ހުންނަނީ މަރަދޫގަ އެވެ.