Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ސ. އަތޮޅު މަދުރަސާ އަށް އާ އިމާރާތެއް ހަދަނީ

އައްޑޫ ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދުރަސާގެ އާ އިމާރާތް ހަދަން މިއަދު ހަވާލުކޮށްފި އެވެ.

އެ މަޝްރޫއު އެޑިއުކޭޝަން މިނިސްޓްރީން ހަވާލުރީ އެމްޓީސީސީއާ އެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މެންދުރު ފަހު ހުޅުދު އާއި މީދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ސްކޫލްގެ އާ އިމާރާތުގެ އެެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން ސައީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަހުމަދު ސައުދީ އެވެ.

ނަމަވެސް މި މަޝްރޫއާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ސ. އަތޮޅު މަދުރަސާ އަކީ ކީ ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.