Last Updated: July 5, 00:13
Saturday, July 4, 2026
ޚަބަރު

ފޭދޫގެ މަގުތަކާއި ބަނދަރު ތަރައްގީކުރަން ފަށައިފި

އައްޑޫ ސިޓީ ފޭދޫގެ މަގުތަކާއި ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަސައްކަތް ފަށާފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ފޭދޫގެ މަގުތަކާއި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

ފޭދޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ އާރްޑީސީއާ ހަވާލުކޮށްގެންނެވެ. އަދި ބަނދަރުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.