Last Updated: July 5, 00:13
Saturday, July 4, 2026
ޚަބަރު

މަރަދޫފޭދޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއެއް ހުޅުވައިފި

އައްޑޫސިޓީ މަރަދޫފޭދޫގައި ޑޮލަރު އޭޓީއެމްއެއް ހުޅުވައިފި އެވެ.

މަރަދޫފޭދޫގައި އެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާމަން އަހުމަދު އަލީ ހަބީބު ބައިވެރިވެވަޑައިގެންނެވިއެވެ.

ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސް ވަނީ އޭޓީއެމުން ރަމްޒީކޮށް ޑޮލަރު ނަންގަވައިފަ އެވެ.