Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އިންވެސްޓްކޮށްގެން ވަޒަންވެރިވެވޭ ޕްރޮގްރާމް އަންނަ އަހަރު

ރާއްޖޭގައި އިންވެސްޓްމަންޓްކޮށްގެން ދިރިއުޅެވޭ ގޮތަށް ހިންގަން ނިންމާފައިވާ 'ރެޒިޑެންސީ ބައި އިންވެސްޓުމަންޓް ޓު ޕްރޮގްރާމް" އަންނަ އަހަރު ފަށާނެ ނިންމައިފި އެވެ.

މިކަން އިޢުލާންކޮށްފައިވަނީ ލަންޑަނުގައި މިހާރު ކުރިއަށްދާ 19 ވަނަ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސްގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.

މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާ ޕީސްޓެއްގައި އޭނަ ވިދާޅުވީ "ދަ މޯލްޑިވްސް ޕާލް ރެޒިޑެންސް" ގެ ނަމުން ނަން ދެވިފައިވާ ރެޒިޑެންސީ ބައި އިންވެސްޓުމަންޓު ޕްރޮގްރާމަކީ ރާއްޖޭހގެ އިގުތިސާ ސިންދަފާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން ރައީސުް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ކުރެވޭ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ.

ސައީދު ވިދާޅުވ ރާއްޖެއަށް އިތުބާރާ އެކުއިންވެސްޓުމަންޓުތައް ގެނައުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށާއި، އީޖާދީ، ދެމެހެއްޓެނިވި އަދި ދިގު މުއްދަތަކަށް ދެމިގެންދާ އިންވެސްޓުމަންޓުތައް ރާއްޖެއަށް ގެނައުމުުގެ ފުރުސަތު މި ޕްރޮގްރާމުގެ ސަބަބުން ފަހިވާނެ ކަމަށެވެ.

މި މއަހަރުގެ ޖުލައިގައި ރައީސް ސިންގަޕޫރަށް ކުރެއްވި ދަތުރުގެ ތެރޭގައި 'ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމް" ކުރިއަށް ގެންދަން ސަރުކާރާއި ހެންލީ އެންޑް ޕާޓްނާސްއާ ދެމެދު އެއްބަސްވުމެއް އެކުލަވާލާފައި އެވެ. މިއީ ދިގު މުއްދަތު އިންވެސްޓް ކުރުމުން ރާއްޖޭގައި ވަޒަންވެރިވުމަށް ފުރުޞަތު ލިބޭ ޕްރޮގްރާމެކެވެ.

ހެންލީ އެންޑް ޕާޓްނާސް އަކީ މިފަދަ ކަންކަމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏެވެ. އެގޮތުން މި އެއްބަސްވުމުގެ ސަބަބުން ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހުޅުވި، ދިރިއުޅެން އަދި އިންވެސްޓްކުރަން އެންމެ ރަނގަޅު ރަށްތަކުގެ އިޤްތިޞާދެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަކުރެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.