Last Updated: June 8, 06:42
Monday, June 8, 2026
މުނިފޫހިފިލުވުން

ޑައިރެކްޓަރު މަދޫރްގެ ރާއްޖެ ދަތުރުގެ ތެރެއިން

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު މަދޫރް ބަންޑާރްކަރް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި އެވެ.

"ފެޝަން" އާއި "ޗާންދުނީ ބާ" އަދި "ޕޭޖް 3" ފަދަ ފިލްމުތައް ހަދައިގެން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ޑައިރެކްޓަރު ރާއްޖެ އަށް މި ހަފުތާގައި ކުރި ދަތުރުގެ ވީޑިއޯއެއ ފޭސްބުކްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

މަދޫރް އާންމުންގެ ތެރޭގައި މަޝްހޫރީ އަންހެނުންނާ ގުޅުން ހުރި އިޝޫތަކަށް ފިލްމު ހަދާ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އޭނަ ހެދި ފިލްމުތަކުގައި މަސައްކަތްކޮށްގެން ނެޝަނަލް އެވޯޑް ހާސިލުކުރި ބަތަލާއިންގެ ތެރޭގައި ތައްބޫ، ޕްރިކަންކާ ޗޯޕްޅާ އަދި ކަންގަނާ ރަނާވަތު ހިމެނެ އެވެ.

މަދޫރް މިހާރު އަންނަނީ ބޮލީވުޑްގެ މަޝްހޫރު އަދި ނުފޫޒު ގަދަ އެކްޓަރުންތަކެއްގެ އަނބިންގެ ދިރިއުޅުން ދައްކުވައި ދޭނެ ފިލްމެއް ހަދަމުންނެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ޝޫޓިން ފެށި އެ ފިލްމުގެ ނަމަކީ "ދަ ވައިވްސް" އެވެ. އޭގެ މައިގަނޑު ކާސްޓުންނަކީ މޯނީ ރޯއި އާއި ސޮނާލީ ކުލްކަރްނީ އާއި ރެޖީނާ ކެސެންޑްރާ އާއި ރާހުލް ބަޓާއި އަރްޖަން ބަޖްވާ އާއި ސޯރަބް ސަޗްދޭވް އަދި ފްރެޑީ ދާރޫވާލާ އެވެ.

މަދޫރްގެ އެންމެ ފަހުގެ ފިލްމަކީ ތަމަންނާ ބާޓިއާއާ އެކު 2022 ގައި ގެނެސްދިން "ބަބްލީ ބައުންސާ" އެވެ. އޭނަ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ހިރޮއިން" އާއި "ކެލެންޑާ ގާލްސް" އަދި "އިންދޫ ސަރުކާރު" ހިމެނެ އެވެ.