Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ހިތަދު އާއި ފޭދޫން ވެސް ޕާސްޕޯޓް ދޫކުރާނެ

އައްޑޫ ހިތަދު އާއި ފޭދޫން ވެސް ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށައިފި އެވެ.

އެ އަވަށްތަކުން މި ހިދުމަތް ދޭން ފެށުން އިފުތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އައްޑު އަށް ކުރެއްވި ދަތުރުގެ ތެރެއިން ގުޅިފައިވާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލު ކުރަން ބޭއްވި ޖަލްސާގަ އެވެ.

އެ ޖަލްސާގެ ތެރޭގައި އެ ޖަލްސާގައި ޕާސްޕޯޓުގެ ހިދުމަތް ފައްޓަވައި ދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހެވެ.

އިއްޔެ ވަނީ ހުޅުދު އާއި މީދޫގައި ވެސް މި ހިދުމަތް ފަށައިފަ އެވެ.

އިމިގްރޭޝަންގެ ރީޖަނަލް އޮފީހެއް މަރަދޫގައި ގާއިމުކޮށްފައިވާ އިރު، މިހާތަނަށް ޕާސްޕޯޓް ދޫކުރަމުން އައީ އެ އޮފީހުންނެވެ. ނަމަވެސް މިހާރު އައްޑޫގެ އަވަށްތަކުގެ މީހުން ޕާސްޕޯޓް ނަގަން މަރަދު އަށް ދާކަށް ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި އެ އަވަށެއްގެ އަވަށު އޮފީހުން ޕާސްޕޯޓް ދޫކުރަމުން ގެންދާނެ އެވެ.