Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

މަޝްރޫއުތައް އަމިއްލަ ކުންފުނިތަކަށް ދޭން ފަށައިފި

ސަރުކާރުން ޕީއެސްއައިޕީ މަޝްރޫއުގެ ތެރެއިން 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު އަމިއްލަ ކުންފުނިތަކާ ހަވާލު ކުރަން ފަށައިފި އެވެ.

މިކަމަށްޓަކައި ބާސެލާސް ނަސަންދުރަ ހޮޓެލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވަޑައިގަތެވެ.

ސަރުކާރުން އަމިއްލަ ކުންފުނިތަކާ އަލުން މަޝްރޫއުތައް ހަވާލު ކުރަން ފެށުމާ އެކު މިއަދު 206 މަޝްރޫއެއް އަމިއްލަ 53 ކުންފުންޏަކާ ހަވާލުކޮށްފައިވެ އެވެ.

މަޝްރޫއުތަކުގެ އަދަދާއި އަގުތައް:

* އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ 13 މަޝްރޫއު: 997.3 މިލިއަން ރުފިޔާ
* އެޑިއުކޭޝަން މިނިސްޓްރީގެ 26 މަޝްރޫއު: 397.2 މިލިއަން ރުފިޔާ
* ޓޫރިޒަމް/އެންވަރަމެންޓު މިނިސްޓްރީގެ 24 މަޝްރޫއު: 204.2 މިލިއަން ރުފިޔާ
* ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ 39 މަޝްރޫއު: 114.9 މިލިއަން ރުފިޔާ
* ހެލްތު މިނިސްޓްރީގެ 30 މަޝްރޫއު: 312.2 މިލިއަން ރުފިޔާ
* ފިޝަރީޒް މިނިސްޓްރީގެ 2 މަޝްރޫއު: 131.8 މިލިއަން ރުފިޔާ
* އިސްލާމް މިނިސްޓްރީގެ 14 މަޝްރޫއު: 196.4 މިލިއަން ރުފިޔާ
* ސްޕޯޓްސް މިނިސްޓްރީގެ 52 މަޝްރޫއު: 197.2 މިލިއަން ރުފިޔާ
* ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ 5 މަޝްރޫއު: 114.5 މިލިއަން ރުފިޔާ
* ޔޫތު މިނިސްޓްރީގެ 1 މަޝްރޫއު: 40 މިލިއަން ރުފިޔާ

ރައީސް ޑރ. މުޙައްމަދު މިއަދިު މުޢިއްޒު ވިދާޅުވީ މިދިޔަ ދެ ދުވަހު ސޮއިކުރި މަޝްރޫޢުތަކާއެކު މިހާތަނަށް 216 މަޝްރޫއެއް ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއަދަކީ ސަރުކާރަކުން އެންމެ ގިނަ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރި ދުވަސް ކަމަށް ވިދާޅުވި އެވެ.

އަމިއްލަ ކުންފުނިތަކާ އަލުން މަޝްރޫޢުތއް ހަވާލުކުރާނެކަން ރައީސް އިޢުލާންކުރެއްވީ މިދިޔަ މަހުގެ 21 ގަ އެވެ.