ޖަރުމަންގެ ހޮސްޕިޓަލެއްގެ ފިރިހެން ނަރުހަކު ބަލިމީހުންތަކެއް މަރާލައި ގިނަ އަދަދެއްގެ އިތުރު ބަޔަކު މަރާލަން އުޅުމުގެ ކުށް ސާބިތިވެ އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އެ ހުކުމް އިއްވާފައި ވަނީ ހުޅަނގު ޖަރުމަންގެ ވުއެސެލެންގެ ހޮސްޕިޓަލެއްގައިމ މަސައްކަތްކުރި ނަރުހެކެވެ. އެގޮތުން އޭނަ ތަދުވާކަނޑުވާ ބޭހާއި ނިދާ ބޭސް އޯޑަޒްކޮށްގެން އުމުރުން ދުވަސްވީ 10 މީހަކު މަރާލައި، އިތުރު 27 މީހަކު މަރާލަން މަސައްކަތްކޮށްފައިވާ ކަމަށް އެކަމާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ތަހުގީގުން ސާބިތުވެފައިވެ އެވެ.
މިކަންކޮށްފައި ވަނީ ޑިސެންބަރު 2023 އާއި މެއި 2024 އާ އެ ދެމެދު އެވެ. އަދި އޭނަ ހައްޔަރުކުރީ މިދިޔަ އަހަރު އެވެ. ނަމަވެސް އެ ނަރުހުގެ ވަނަވަރު ހާމަކޮށްފައެއް ނުވެ އެވެ.
މީޑިއާތަކުން ބުނީ އެ ނަރުހަކީ 2007 ގައި ޓްރެއިނިން ހެދުމަށް ފަހު، އޭނަ ޖަރީމާ ހިންގި ހޮސްޕިޓަލްގައި 2020 އުން ފެށިގެން މަސައްކަތް ކުރަމުން އައި މީހެކެވެ. އަދި އޭނަ ބަލިމީހުންތަކެއް މަރާލައި އިތުރު ބަޔަކު މަރާލަން މަސައްކަތްކޮށްފައި ވަނީ މަސައްކަތް މާ ބޮޑަށް ބުރަވެގެން ކަމަށް ތަހުގީގު ބުނެފައިވެ އެވެ.