މިއަހަރުގެ ނަޞްރުގެ ދުވަހާ ގުޅުވައިގެން ބާއްވާ ސިފައިންގެ މައުރަޒު ތިނަދޫ ސިޓީގައި މިއަދު ހުޅުވަން ތައްޔާރުވެއްޖެ އެވެ.
މި މައުރަޒު ކުރިިއަށް ގެންދާނީ މިއަދާއި މާދަމާ އެވެ.
މި މައުރަޒު ކުރިއަށް ދާނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިއަދި ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. އަދި ވެ. މާދަމާ މައުރަޒު ކުރިއަށް ދާނީ ހެނދުނު 9:00 އިން 12:00 އަށް، ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
ރާއްޖޭގެ 37 ވަނަ ނަސްރުގެ ދުވަހާ ގުޅިގެން ސިފައިންގެ މައުޒަރު ތިނަދޫގައި ބާއްވާ އިރު، އެ ސިޓީ އަކީ ނޮވެންބަރު 3، 1988 އުދުވާނީ ހަމަލާގައި ޝާހީދުވި ސިފައިންގެ ބޭކަލުންގެ ތެރޭގައި ހިމެނޭ ކޯޕަރަލް ޢަބްދުﷲ ޒުހައިރު ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.
މިއަހަރުގެ ނަޞްރުގެ ދުވަހުގެ ފޮޓޯ މަޢުރަޒު، ނޮވެންބަރު 7އާއި 8ވަނަ ދުވަހު، އަދި އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއާއި އާއިލީ ހަވީރު، ނޮވެންބަރު 8ވަނަ ދުވަހު، ގދ. ތިނަދޫ ސިޓީގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ. pic.twitter.com/Z29E3lDTBX
— Maldives National Defence Force (@MNDF_Official) November 6, 2025
އޭނަ އަކީ އެ އުދުވާންގައި ދުޝްމަނުންގެ ޙަމަލާތަކުގައި ސިފައިންގެ ތެރެއިން އެންމެ ފުރަތަމަ ޝަހީދުވި ބޭކަލެވެ.
މިއަދު ފަށާ ސިފައިންގެ މައުރަޒުގައި ނަޞްރުގެ ދުވަހުގެ ފޮޓޯތަކާއި އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭ އާއި އާއިލީ ހަވީރު ވެސް ކުރިިއަށް ގެންދާނެ އެވެ.