Last Updated: June 8, 06:42
Monday, June 8, 2026
މުނިފޫހިފިލުވުން

ކުރީގެ ލަވަކިޔުންތެރިޔާ/ބަތަލާ ސުލަކްޝަނާ މަރުވެއްޖެ

ހިންދީ ސިނަމާގެ ކުރީގެ ލަވަކިޔުންތެރިއެއް އަދި ބަތަލާއެއް ކަމަށްވާ ސުލަކްޝަނާ ޕަންޑިތު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އުމުރުން 71 އަހަރުގައި އޭނަ މަރުވީ ހާޓްއެޓޭކެއް ޖެހިގެން މުމްބާއީގެ ނާނާވަތީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

ސުލަކްޝަނާ އަކީ ކުރީގެ ލެޖެންޑުން ކަމަށްވާ މުހައްމަދު ރަފީ އާއި ކިޝޯރް ކުމާރާއި މަހިންދުރަ ކަޕޫރްގެ އިތުރުން އަދި މިހާރު ވެސް ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔަމުން އަންނަ އުދިތު ނާޔަރަންއާ އެކު ލަވަތައް ކިޔާފައިވާ ފަންނާނެކެވެ. ސުލަކްޝަނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "އުލްޖަން"، "ސަަންކަލްޕް"، "އަޕްނާޕަން"، "ޚާންދާން"، "ވަގުތު ކީ ދީވާރު" އަދި "ޗެހެރޭ ޕޭ ޗެހެރާ" ހިމެނެ އެވެ.

އޭނަ އެންމެ ފަހުން ކުޅުނު ފިލްމަކީ 1988 ގެ "ދީ ވަގުތު ކީ ރޯޓީ" އެވެ.

ސުލަކްޝަނާ އަކީ 1980 ގައި މަޝްހޫރުވި ފިލްމު "ލަވް ސްޓޯރީ" ގެ ބަތަލާ ވިޖޭތާ ޕަންޑިތުގެ ދައްތަ އެވެ. އަދި އޭނަ އަކީ ހިންދީ ސިނަމާގެ އެންމެ ކާމިޔާބު މިއުޒިކް ޑައިރެކްޓަރުންގެ ތެރޭގައި ޖަތިން-ލަލިތުގެ ވެސް ދައްތަ އެވެ.