Last Updated: July 24, 18:15
Friday, July 24, 2026
ޚަބަރު

ކެޓްރީނާ އަށް ލިބުނީ ފިރިހެން ކުއްޖެއް

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފަށް މިއަދު ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

އޭނަ ވިހޭ ވާހަކަ ފިރިމީހާ އެކްޓަރު ވިކީ ކޯޝަލާއި އަމިއްލަ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. ކެޓްރީނާ ވިހޭ ވާހަކަ ހިއްސާކުރުމާ އެކު ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކާއި ގިނަ ފޭނުންތަކެއް ވެސް އަންނަނީ މަރުހަބާ ކިޔަމުންނެވެ.

ކެޓްރީނާ، 42، އާއި ވިކީ، 37، ކައިވެނިކުރީ 2021 ގަ އެވެ.

ކެޓްރީނާ އަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ބަތަލާއެކެވެ. މިކަމާ ގުޅިގެން އޭނަ ދާދި ފަހުން ވީޑިއޯ މެސެޖެއްގައި ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.