Last Updated: July 5, 08:20
Sunday, July 5, 2026
ޚަބަރު

އައިޑީކާޑުގެ ޚިދުމަތް އިތުރު ދެ ރަށެއްގައި ފަށައިފި

އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ތ. އަތޮޅު ގުރައިދޫއާއި ތިމަރަފުށީގައި ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނީ އައިޑީ ކާޑުގެ ޚިދުމަތް ތ. އަތޮޅު ގުރައިދޫއާއި ތިމަރަފުށީގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ.

މީގެ ކުރިން ވަނީ ތ. އަތޮޅުގެ ވޭމަންޑޫއާއި ވިލުފުށީގައި ވެސް މި ހިދުމަތް ގާއިމުކޮށްފަ އެވެ.

މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައި ވެސް މި ޚިދުމަތް ދޭން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މެލޭޝިއާގައި ވަނީ އައިޑީ ކަޑު ހަދައި ދޭން ފަށައިފަ އެވެ. މީގެ އިތުރުން ސްރީ ލަންކާ އާއި އިންޑިއާގެ އަދި އިނގިރޭސިވިލާތުގައި ވެސް ޚިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ.