ފޯނު ޗާޖްކުރަން ގެންގުޅުނު ޕަވަބޭންކެއް މާ ބޮޑަށް ހޫނުވެ އޭގައި ރޯވުމާ ގުޅިގެން އޮސްޓްރޭލިއާގެ މެލްބަން އިންޓަނޭޝަނަލް އެއާޕޯޓްގައި މީހަކަށް އަނިޔާވެއްޖެ އެވެ.
މީޑިއާތަކުން ބުނީ އިއްޔެ ހާދިސާ ހިނގީ އެއާޕޯޓްގެ ކުވަންޓަސް އެއާލައިންގެ ލައުންޖްގައި ކަމަށާއި ލިތިއަމް ޕަވަބޭންކްގައި ރޯވީ އެ ގެންގުޅުނު ފިރިހެން މީހާގެ ޖީބުގައި އޮއްވައި ކަމަށެވެ. މި ހާދިސާގައި 50 އަހަރުން މަތީގެ މީހާގެ ފަޔާއި ބައެއް އިނގިލިތައް ފިހިވެފައިވެ އެވެ.
މި ހާދިސާގައި މުޅި ލައުންޖް ތެރެއަށް ދުން ފެތުރުމާ ގުޅިގެން ލައުންޖްގައު އެ ވަގުތި ތިބި 150 އެއްހާ މީހުން އެތަނުން ނެރެން ޖެހުނެވެ.
މަންޒަރު ދުށް ބައެއް މީހުން ބައެއް މީޑިއާތަކަށް ކިޔައި ދީފައިވާ ޕަވަބޭންކް "ގޮވުމާ އެކު" އޭގެ ބައިތައް ލައުންޖް ތެރެއަށް ބުރައިގެން ގިސް މުޅި ލައުންޖް ތެރެއަށް ދުން ފެތުރުނެވެ.
ލައުންޖް އަލުން ބޭނުން ކުރަން ފެށީ ހާދިސާ ހިނގިތާ ދެ ގަޑިއެއްހާ އިރު ފަހުން ކުވަންޓަސް އިން ބުންޏެވެ.
ޕަވަބޭންކެއްގައި އަލިފާން ރޯވެ ހާދިސާއާ ގުޅިގެން މިކަން އިތުރަ ބަލައި ފުރާ މީހުން އެފަދަ ޑިވައިސްތައް ގެންގުޅޭތޯ ދުރާލައި ޗެކްކުރާނެ ކަމަށް ކުވަންޓަސް އެއާލައިނުން ބުންޏެވެ.
މީގެ ކުރިން ވެސް ޕަވަބޭންކް އޯވަހީޓްވެގެން މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގާފައިވެ އެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ސިޑްނީން ހޮބާޓަށް ދަތުރު ވާޖިން އޮސްޓްރޭލިއާގެ ފްލައިޓެއްގެ ތެރޭގައި ޕަވަބޭންކެއްގައި ރޯވެފައިވެ އެވެ.
އެހެންވެ ބައެއް އެއާލައިންތަކުން ދަތުރުތަކުގައި ޕަވަބޭންކް ބޭނުން ކުރުން މަނާ ވެސްކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެމިރޭޓްސް، ސިންގަޕޯ އެއާލައިންސް، ޗައިނާ އެއާލައިންސް، ކަތޭ ޕެސިފިކް އަދި ކޮރެއަން އެއާ ހިމެނެ އެވެ.