Last Updated: June 8, 06:42
Monday, June 8, 2026
މުނިފޫހިފިލުވުން

'މައިކަލް' ގެ ޓީޒާ ދައްކާލައިފި

ޕޮޕް ލަވައިގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވި އެމެރިކާގެ ކުރީގެ ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ވާހަކަ ކިޔައިދޭ ބައޮގްރިފަކް ޑްރާމާ "މައިކަލް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

ލަޔަންސްގޭޓްސް އާއި ޔުނިވާސަލް ޕިކްޗާސް ގުޅިގެން ގެނެސްދޭ މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ އެޕްރީލް 24 ގަ އެވެ.

"މައިކަލް" އަކީކީ ޖޯން ލޯގަންގެ ސްކްރީންްލޭއަކަށް އެންޓޮއިން ފުގްއާ ޑައިރެކްޓްކުރާ ފިލްމެކެވެ. "'ދަ ޓްރެއިނިން ޑޭ" އާއި "ކިންގް އާތާ" އަދި "އެމަންސިޕޭޝަން ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ "ދި އީކްއަލައިޒާ 3" އެވެ.

ދެހާސް ނުވައެއްގައި މަރުވެފައިވާ މައިކަލް ޖެކްސަންގެ ހަޔާތުގެ ގިނަ ސޮފުހާތަކެއް ދައްކުވައި ދޭނެ "މައިކަލް" ގެ ޓައިޓްލް ރޯލުން ފެންނާނީ ޖާފަރް ޖެކްސަނެވެ. އުމުރުން 28 އަހަރުގެ ޖާފަރަކީ މައިކަލް ޖެކްސަންގެ ބޭބެ ޖާމެއިން ޖެކްސަންގެ ދަރިއެކެވެ.

ޖުމްލަ 155 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "މައިކަލް" ގެ ކާސްޓްގައި ކޮލްމަން ޑޮމިންގޯ، ނިއާ ލޮންގް، މިލެސް ޓެލާ، ލައުރާ ހެރިއާ، ޖޯސެފް ޑޭވިޑް-ޖޯންސް، ޖެސިކާ ސޫލާ، ކެންޑްރިކް ސެމްޕްސަން، ކެޓް ގްރަހަމް، ލަރެންޒް ޓޭޓް، ކެވިން ޝިނިކް އަދި ޑެރެކް ލޫކް ފަދަ ފަންނާނުން ހިމެނެ އެވެ.