ރާއްޖޭގައި ފުޅާދާއިރާއެއްގައި ހޯސޭލް އަދި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ ވީބީ ބްރަދާސް ކުންފުނިން މަރަދޫފޭދޫގައި ހޯސޭލް ސެންޓަރެއް ހުޅުވައިފިއެވެ.
ވީބީ ބްރަދާސް ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު އިޝާން "އައްޑޫލައިވް"އަށް ވިދާޅުވީ، މިއަދު އައްޑޫގައި ހުޅުވި ހޯސޭލް ސެންޓަރުން އެކުންފުނިން ވިއްކާ ހުރިހާ މައިގަޑު ބްރޭންޑްތައް މާލެއިން ވިއްކާ އަގުގައި ލިބެން ހުންނާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މޭޖަރ ހުރިހާ ބޮޑެތި ބްރޭންޑްތައް މާލޭގެ އަގުގައި މިކޮޅުންވެސް މި ވިއްކަނީ، ފްރައިޓް ނުލާ. އެހެންވެ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަގުހެޔޮކޮށް މި ސަޕްލައި ކޮށްދެނީ" އިޝާން ވިދާޅުވިއެވެ.
ވީބީން ރާއްޖެއަށް އަންނަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް މާކެޓް ކުރަމުންނެވެ. އެގޮތުން ކުންފުނިން އެތެރެ ކުރާ ބްރޭންޑްތަކުގެ ތެރޭގައި ޖޯންސަންސް އެންށް ޖޯންސަންސް. ލޯރިއަލް. ގާނިއާ، ކެލޮގްސް ކޯންފްލޭކްސް، އަލްމުދިޝް ކިރު، މަމީ ކޮކޯ ޕޭންޓްސް ބޭބީ އާއި ސްނިކާސް އާއި މާސް ފަދަ ޗޮކްލެޓް ބްރޭންޑްތައް ވެސް ހިމެނެ އެވެ.

އިޝާން ވިދާޅުވީ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެކުންފުނިން ހިލޭ ޑެލިވަރީކޮށް ދިނުމުގެ ހިދްމަތްވެސް ފޯރުކޮށްދޭ ކަމަށެވެ.
އިޝާން ވިދާޅުވީ ވީބީ ކުންފުނިން ވަރަށް ގިނަ އައްޑޫ ވިޔަފާރިވެރިން މުދާ ގަންނަ ކަމަށެވެ. އަދި މިގޮތަށް މިފަދަ ސެންޓަރެއް ހުޅުވުމުގެ ސަބަބުން ރަށުގައި ތިބެގެން ވިޔަފާރިވެރިންނަށް ވީބީން އެތެރެ ކުރާ ޕްރޮޑަކްޓްސްތައް ފަސޭހަކަމާއި އެކު ލިބިގެންދާނެކަމަށެވެ.
ވީބީން ވިއްކާ މައިގަނޑު ބޮޑެތި ބްރޭންޑްތައް:
* ޖޯންސަންސް އެންށް ޖޯންސަންސް.
* ސްނިކާސް ޗޮކްލެޓް
* މާސް ޗޮކްލެޓް
* ލޯރިއަލް.
* ގާނިއާ،
* ކެލޮގްސް ކޯންފްލޭކްސް،
* އަލްމުދިޝް ކިރު،
* މަމީ ކޮކޯ ޕޭންޓްސް ބޭބީ
ވީބީ އައްޑޫ ޝޮޕް އާއި ގުޅޭނެ ނަންބަރު: 6894949 އަދި 7966255

