Last Updated: June 8, 06:42
Monday, June 8, 2026
ދުނިޔެ

އަސްކަރީ މަރުކަޒަކަށް "ގޮތް ނޭނގޭ" ޕެކޭޖެއް

އެމެރިކާ އަށް އަަސްކަރީ މަރުކަޒަކަށް ފޮނުވި "ގޮތް ނޭނގޭ" ޕެކޭޖެއްގެ ސަަބަބުން އެތަނުގެ އޮފިސަރުންތަކެއްގެ ހާލު ދެރަވެ އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

މޭރީލޭންޑްގައި ހުންނަ 'ޖޮއިންޓް ބޭސް އެންޑްރޫސް' އަށް އިއްޔެ ލިބުނު ޕެކޭޖްގައި ހުރީ ހުދު ކުލައިގެ ކުޑިތަކެއް ކަމަށާއި އެ ޕެކޭޖް ކެނޑި އޮފިސަރުންނާއި އެ ކުޑީގެ އަސަރުކޮށްގެން އިއްޔެ ހާލު ދެރަވި އޮފިސަރުންތަކަކަށް މަލްކޮމް ގްރޯވް މެޑިކަލް ސެންޓަރުގައި ފަރުވާ ދެމުން އަންނަކަން ހާމަކުރީ މިއަދު އެތަނުން ނެރުނު ބަޔާނެއްގަ އެވެ.

ނަމަވެސް ފަރުވާ ދެމުން އަންނަނީ ކިތައް އޮފިސަރުންނަށް ކަމެއް 'ޖޮއިންޓް ބޭސް އެންޑްރޫސް' އިން ހާމައެއް ނުކުރެ އެވެ.

މި ހާދިސާއާ ގުޅިގެން މަރުކަޒު ވަގުތީ ގޮތުން ހުސްކޮށް، އެތަން ކޯޑެންކޮށް މިކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން އިތުރަަށް ބަލަމުން އަންނަ ކަމަށް ބުންޏެވެ.

'ޖޮއިންޓް ބޭސް އެންޑްރޫސް' އަކީ އާންމު ގޮތެއްގައި އެމެރިކާ ސަރުކާރުގެ އެންމެ އިސްވެރިން ޒިޔާރަތްކުރައްވާ ތަނެކެވެ. އޭގެ ތެރޭގައި ރައީސާއި ނައިބު ރައީސާއި މިނިސްޓަރުން ހިމެނިވަޑައިގަނެ އެވެ. އަދި އިއްޔެ އެތަނަށް "ގޮތް ނޭނގޭ" ޕެކޭޖެއް ލިބުނު އިރު، ބުދަ ދުވަހު ރައީސް ޑޮނަލްޓް ޓްރަމްޕް މަރުކަޒަށް ޒިޔާރަތްކުރައްވާފައިވެ އެވެ.