Last Updated: July 5, 08:20
Sunday, July 5, 2026
ޚަބަރު

ހުޅުމާލޭން 47 ވެހިކަލެއް ޓޯކޮށް، 18 މީހަކު ޖޫރިމަނާ

މިދިޔަ ދެ ދުވަހު ހުޅުމާލޭން 47 ވެހިކަލެއް ޓޯކޮށް 18 މީހަކު ޖޫރިމަނާކޮށްފި އެވެ.

ފުލުހުން ބުނީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޓޯކުރި ވެހިކަލްތަކުގެ ތެރޭގައި ހިމެނެނީ 46 ސައިކަލާއި ކާރެއް ކަމަށެވެ.

އޭގެ ތެރެއިން 38 ވެހިކަލެއް ޓޯ ކުރީ ގަވާއިދާ ހިލާފަށް ޕާކުކޮށްގެންނެވެ. އަދި ލައިސަންސް ނެތި ދުއްވައިގެން 8 ވެހިކަލެއްް ޓޯ ކުރިއިރު ނުރައްކާތެރިކޮށް ދުއްވައިގެންނާއި އެހެނިހެން މައްސަލަތަކުގައި ތިން ވެހިކަލެއްް ޓޯ ކުރި އެވެ.

މީގެ އިތުރުން 18 މީހަކު ޖޫރިމަނާ ކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ 16 ސައިކަލާއި ދެ ކާރެވެ.