Last Updated: July 5, 08:20
Sunday, July 5, 2026
ޚަބަރު

ލަންޑަންގައި ރާއްޖެ ޕްރޮމޯޓްކުރަން ޓެކްސީ ކެމްޕޭނެއް ފަށައިފި

ވޯލްޑް ޓްރެވަލް މާކެޓް ލަންޑަން 2025 ގެ ތެރެއިން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ކުރިއަށްގެންދާ ދެ މަސް ދުވަހުގެ ޕްރޮމޯޝަނަލް ކެމްޕޭނެއް ރަސްމީކޮށް އިފްތިތާޙުކޮށްފި އެވެ.

މި ކެމްޕޭނު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ބައިވެރިވެވަޑައިގެންފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ކެމްޕޭނަކީ، ލަންޑަންގެ މަގުތަކުގައި ދުއްވާ 100 ޓެކްސީގައި ރާއްޖޭގެ ފުރިހަމަ މަންޒަރުތަކާއި ސިފަތައް ހިމެނޭ ގޮތަށް ކަވަރުކޮށްގެން ކުރިއަށްގެންދާ ވަރުގަދަ ކެމްޕޭނެއް ކަމަށެވެ.

މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ، އިނގިރޭސިވިލާތުގެ މާކެޓްގައި ރާއްޖެއަށް ލިބިފައިވާ މަޤްބޫލުކަން އިތުރަށް ގަދަކުރުމާއި، މަތީ ފެންވަރުގެ ފަތުރުވެރިންނާއި، ޓޫރިޒަމް ދާއިރާގެ ޕްރޮފެޝަނަލުންނާއި، މީޑިއާގެ ފަރާތްތަކުގެ ސަމާލުކަން ރާއްޖެއަށް ހޯދުން ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މީގެއިތުރުން މި ކެމްޕޭނުގެ ސަބަބުން ލަންޑަންގެ މީހުންނާއި ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާއި ޚާއްސަ ތަޖުރިބާތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.