"ބާހްބަލީ" އާއި "އާރްއާރްއާރް" ފަދަ ފިލްމުތައް ގެނެސްދިން އިންޑިއާގެ ވަރުގަދަ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ އާ ފިލްމުގެ ފަސްޓްލުކް ޕޯސްޓަރެއް ފިލްމުގެ ތަރިއަކާ އެކު ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.
އެ ޕޯސްޓަރުގައި ފެންނަނީ އަދި ރަސްމީކޮށް އަދި ނަން އިއުލާން ނުކުރާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ޕްރިތިވީރާޖް ސުކްމަަރަން އެވެ. އޭނަ ނުކުޅެދޭ އެކަމަކު ވަރުގަދަ ރޯލެއް ކުޅޭ ފިލްމުން ފެންނާނީ ކުމްބާ ކިޔާ ކެރެޓްކާއަކުންނެވެ.
މިއީ މަޝްހޫރު މަލަޔާމް އެކްޓަރާ އެކު، ރާޖަމޯލީއާ މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓެވެ.
ޕްރިތުވީއާ ބެހޭ ގޮތުން ރާޖަމޯލީ ބުނެފައި ވަނީ އޭނަ އަކީ މިހާތަނަށް އެކީގައި މަސައްކަތްކޮށްލަން ލިބުނު އެންމެ މޮޅު އެއް އެކްޓަރު ކަމަށެވެ.
މި އަހަރުގެ ކުރީކޮޅުން ފެށިގެން ޝޫޓިން ކުރިއަށްދާ ރާޖަމޯލީގެ އާ ފިލްމަކީ ޖަންގަލް އެޑްވެންޗާއެކެވެ. މީގެ ލީޑް ތަރިންނަކި މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫ އާއި ޕްރިޔަންކާ ޗޯޕްޅާ އެވެ.
ފިލްމުގެ ކާސްޓުންގެ ތެރެއިން ޕްރިތުވީގެ ޕޯސްޓަރެއް ދައްކައިލި އިރު، މި މަސް ނިމުމުގެ ކުރިން މި ފިލްމާ ކުޅޭ ވަރަށް ގިނަ މައުލޫމާތުތަކެއް އާންމުކުރާނެ އެވެ. އެކަން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އޮތީ އިއުލާންކޮށްފަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރު ގެނެސްދޭނެ މި ފިލްމުގެ ނަމަކީ "ވަރާނަސީ" އެވެ. އަދި މިއީ އާންމު އުސޫލުގެ ދަށުން ރާޖަމޯލީ އާއި އޭނަގެ ބައްޕަ ކޭވީ ވިޖަޔެންދުރަ ޕްރަސާދުގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.
އެ ދެބަފައިން 2022 ގައި ގެނެސްދިން "އާރްއާރްއާރް" އަކީ އަކީ އެ އަހަރުގެ އެންމެ ބޮޑު ހިޓެވެ.