ޑީއެންއޭގެ ސްޓްރަކްޗާގެ ހަގީގަތް ހޯދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ސައިންސްވެރިންގެ ތެރޭގައި ހިމެނޭ ޖޭމްސް ވަޓްސަން އަވަހާރަވެއްޖެ އެވެ.
އެ ދާއިރާ އިން ކުރެއްވި މަސައްކަތްތަކާ ގުޅިގެން ނޯބެލް އިނާމު ވެސް ލިބިވަޑައިގަތް އެމެރިކާގެ ސައިންސްވެރިޔާ އުމުރުން 97 އަހަރުގައި އަވަހާރަވީ މި މަހުގެ 6 ގަ އެވެ.
ޑީއެންއޭގެ ހަގީގަތް ހޯދަން ކުރެއްވި މަސައްކަތް ފާހަގަކޮށް، ވަޓްސަން އާއި އޭނައެކު މަސައްކަތް ކުރެއްވި އަނެއް ސައިންސް ވެރިޔާ ނޯބެލް އިނާމު ލިބުނީ 1962 ގަ އެވެ. ވަޓްސަންއާ އެކު ދެން މަސައްކަތް ކުރެއްވި އިނގިރޭސި ސައިންސްވެރިޔާ ފްރާންސިން ކްރިކް ވަނީ އުމުރުން 88 އަހަރުގައި 2004 ގައި އަވަހާރަވެފަ އެވެ.
ވަޓްސް ވަނީ އޭނަގެ ނޯބެލް އިނާމުގެ މެޑަލް 2014 ގައި ނީލަމެއްގައި ވިއްކާލައިފަ އެވެ. މެޑަލް ވިއްކައިލީ ނަސްލީ ތަފާތުވުންތަކަށް ހިތްވަރު ލިބޭ ގޮތަށް ދެއްކެވި ވާހަކަތަކަކާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ ހެދި އެވެ. އެ މެޑެލް 4.8 މިލިއަން ޑޮލަރަށް ގަތީ ރަޝިއާގެ މަހުޖަނެކެވެ.