Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މާދަމާ ހުޅުވަނީ

ޒަމާނީ އާ ޓާމިނަލެއްގެ އިތުރުން ވެސް ތަރައްގީގެ ބޮޑެތި ބަދަލުތަކަކާ އެކު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މާދަމާ ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.

އެތަން މި މަހުގެ 9 ގައި ހުޅުވާނެ ވާހަކަ ކުރިން ވެސް އޮތީ އިއުލާންކޮށްފަ އެވެ.

ނަމަވެސް މާދަމާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވާ އިރު، އެތަނުގެ މަސައްކަތްތައް އަދިވެސް މުޅިން އެއްކޮށް ނުނިމެ އެވެ. ބައެއް މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

މި އެއާޕޯޓް މާދަމާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަ އިރު، މިދިޔަ މަހުގެ 17 އިިން ފެށިގެން އާ ޓާމިނަލްގެ ގްރައުންޑްފޯލޯ އަންނަނީ ބޭނުން ކުރަމުންނެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގައި އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ ސެޕްޓެމްބަރު 25، 2022 ގަ އެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ 2023 ގެ ޖެނުއަރީގަ އެވެ.

،މި އެއާޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.