Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ސައުދީގެ 318 ސްކޮލަޝިޕަކަށް ހުޅުވާލައިފި

ސައުދީ އަރަބިއްޔާގައި ކިޔަވަން ރާއްޖެ އަށް 318 ސްކޮލަޝިޕްގެ ފުރުސަތު އެ ގައުމުން ހުޅުވާލައިފި އެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުނީ އެ ގައުމުގެ ޔުނިވާސީޓީތަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް 11 ދާއިރާކުން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މީގެ ދަށުން ސައުދީ އަށް ގޮސްގެންނާއި ރާއްޖޭގައި ހުންނަ ސައުދީ އިމާން ޔުނިވަސިޓީގައި ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.

ސްކޮލަރޝިޕްތައް ހުޅުވާލި ދާއިރާތަކަކީ ބިޒްނަސް މެނޭޖްމަންޓް، މީޑިއާއާ ގުޅުން ހުރި ދާއިރާތައް، ކޮމްޕިއުޓާ ސައިންސް ސްޓަޑީޒް، ލޯ ސައިންސް، އެޑިއުކޭޝަނަލް ސްޕެޝަލިޓީސް، ސޯޝަލް ސައިންސަސް، ދަނޑުވެރިކަން، އިކޮނޮމިކް އަދި ޕޮލިޓިކަލް ސްޓަޑީޒް، އިންޖީނިއަރިން މޭޖާ، އިސްލާމިކް ފީލްޑް ސްޓަޑީޒް އަދި އަރަބިކް ސްޓަޑީޒް އަދި ބޭރުގެ އެހެން ބަސްތަކާ ގުޅުން ހުރި ދާއިރާތެކެވެ.

މި ސްކޮލަރޝިޕްތަކަށް އެދޭނީ ޕޯޓަލް studyinsaudi.moe.gov.sa މެދުވެރިކޮށެވެ.

މީގެ ކުރިން ވެސް ސައުދީން ރާއްޖެ އަށް މިފަދަ ގިނަ ފުރުސަތުތައް ދީފައިވެ އެވެ.