މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ވ. ފެލިދޫ ކައިރީ އޮންނަ ފަރަކަށް އަރައިފި އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓު އިއްޔެ ފަތިހު 5:01 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި "ފަހިރޯޅި" ނަމަކަށް ކިޔާ އެ ބޯޓުގެ މައްޔާ ފަޅައިގެންގޮސް ދިޔަވެ ބޯޓުގެ ބޮޑު ބައެއް އަޑިއަށް ގޮސްފައިވާ ކަމަށެވެ.
ބޯޓް ފަރަށް އެރި އިރު އޭގައި 12 މީހުން ތިބި ކަމަށާއި އެ މީހުން ފުލުހުންގެ އެހީތެރިކަމާއެކު ފެލިދުއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި ހާދިސާ ހިނގި ގޮތް ބަލަމުންނެވެ.